ރާއްޖެއަށް އެއް ބިލިއަން ރުފިޔާގެ ހިލޭ އެހީދޭން ޗައިނާއިން ނިންމައިފި
ސަން
25 ޑިސެމްބަރު 2025 | ބުރާސްފަތި | 2:30
ދިވެހި ސަރުކާރާއި ޗައިނާ ސަރުކާރާ ދެމެދު ޑިވެލޮޕްމަންޓް ކޯޕަރޭޝަންގެ ދާއިރާއިން އެހީތެރިވުމުގެ އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފިއެވެ.
މިއަދު ހެނދުނު ފޮރިން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި، ދިވެހި ސަރުކާރުގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ ފޮރިން މިނިސްޓަރު ޑރ. އިބްރާހީމް ޚަލީލެވެ. ޗައިނާ ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ، ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، ކޮންގ ޝިއަންހުއާ އެވެ.
ފޮރިން މިނިސްޓްރީން ބުނީ މި އެއްބަސްވުމުގެ ދަށުން ދިވެހިރާއްޖޭގެ ތަރައްގީއަށް ބޭނުންވާ މުހިއްމު މަޝްރޫއުތަކަށް އެހީތެރިވުމުގެ ގޮތުން 600 މިލިއަން ރެންމިންބިން (1.3 ބިލިއަން ރުފިޔާ) ގެ ހިލޭ އެހީ, ޗައިނާއިން ފޯރުކޮށްދެއްވުމަށް ވަނީ ހަމަޖެހިފައި ކަމަށެވެ.