ކުދި ވިޔަފާރިތަކަށް ޚާއްސަ ލުއިތަކެއް ދެނީ، "ކަންބޮޑުވުންތައް ހައްލުވާނެ"
ސަން
25 ޑިސެމްބަރު 2025 | ބުރާސްފަތި | 3:22
ކުރިއަށް އޮތް ދެ އަހަރު ކުދި ވިޔަފާރިތަކަށް ޚާއްސަ ލުއިތަކެއް ދޭން އިއްޔެ ބޭއްވި ކެބިނެޓް ބައްދަލުވުމުގައި ނިންމައިފިއެވެ.
ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އިކޮނަމިކް މިނިސްޓަރު މުހައްމަދު ސައީދު މިއަދު ވިދާޅުވީ، ކުރިއަށް އޮތް ދެ އަހަރު ކަމަށްވާ 2026، 2027 އަކީ ކުދި ވިޔަފާރިތަކަށް ޚާއްސަ އިނާޔަތްތަކެއް ދެއްވާނެ ދެ އަހަރުގެ ގޮތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމަވާފައިވާ ކަމަށެވެ.
އެކަމަކު، އެ އިނާޔަތްތަކުގެ ތަފުސީލު ހިއްސާކުރައްވާފައެއް ނުވެއެވެ.