ތުޅާދޫއަށް އީދެއް؛ 400 އަހަރުވީ އެކުވެރިކަން ފާހަގަކުރަން މީދޫ މީހުން ތުޅާދޫއަށް
ސަން
25 ޑިސެމްބަރު 2025 | ބުރާސްފަތި | 5:31
މިއަދު މެންދުރުވީއިރު، އެ ރަށުގެ ބަނދަރު މަތީގައި އޮތީ ދޮންވެލި ލާފައެވެ. މުޅި ތަނުގައި ގައުމީ ދިދަ ފަތި ދަމާފައެވެ. ރަށުގެ އެންމެންހެން އަވަދި ނެތި އުޅުނީ، އެކި ތައްޔާރީތަކުގައެވެ.
މެންދުރުފަހު 14:30 އަށް، އެންމެން ސަފަކަށް އެތުރި ތިއްބެއެވެ. ގައުމީ ހެދުމުގައެވެ. ގައުމީ ހެދުމެއް ނޫންނަމަ ގައުމީ ކުލައިގެ ހެދުމެއްގައެވެ. އެ އެންމެންގެ ކެތްތެރިކަން ކުޑަވަމުން ދިޔައީ، ރަށަށް އަންނަން ތިބި މެހެމާނުންނަށް މަރުހަބާ ކިޔާށެވެ.
މިއީ ދުނިޔޭގެ ބައިނަލްއަގުވާމީ އެއްބައިވަންތަކަމުގެ ދުވަސް ފާހަގަކުރުމަށް ބ. ތުޅާދޫއަށް ރ. މީދޫއިން ކީ މަރުހަބާއިން އަޅުގަނޑަށް ފެނުނު މަންޒަރުގެ ކުޑަ މިންވަރެކެވެ.