ޝައްމާން ބަންދުން ދޫކޮށްލައިފި
ސަން
25 ޑިސެމްބަރު 2025 | ބުރާސްފަތި | 3:39
ޖިނާއީ ބޮޑެތި ތުހުމަތުތަކަކާއެކު ހައްޔަރުކޮށް، ޝަރީއަތް ނިމެންދެން ބަންދުކޮށްފައިވާ އިމިގްރޭޝަންސްގެ ކުރީގެ ކޮންޓްރޯލާ ޖެނެރަލް މުހައްމަދު ޝައްމާން ވަހީދު ބަންދުން ދޫކޮށްލަން ކްރިމިނަލް ކޯޓުން މިއަދު އަމުރުކޮށްފިއެވެ.
ޝައްމާން ހުރީ ޝަރީއަތް ނިމެންދެން ނުވަތަ 'ވާނުވާ' ބަންދުގައެވެ.
ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން މިއަދު ބުނީ، ޝައްމާނާ ދެކޮޅަށް ދައުލަތުން އުފުލާފައިވާ ދައުވާއާ ގުޅިގެން މައިގަނޑު ހެކިންގެ ހެކިބަސް ނަގާ ނިމިފައިވާތީ ހެއްކަށް ނުފޫޒު ފޯރުވުމުގެ އިހުތިމާލު ކުޑަވެފައިވާ ކަމަށް ފެންނާތީ ޝަރުތުތަކަކާ އެކު ޝައްމާން ދޫކޮށްލަން ކްރިމިނަލް ކޯޓުގައި މިއަދު އެދިފައިވާ ކަމަށެވެ.