ސްކޮލަޝިޕްގައި ކިޔަވާ ދަރިވަރުންނަށް ކުރިމަތިވާ ދަތިތައް ހިމެނޭ، ކުޑޫގެ ރިޕޯޓެއް ހުށަހަޅައިފި
ސަން
25 ޑިސެމްބަރު 2025 | ބުރާސްފަތި | 6:43
ލޯން އަދި ސްކޮލާޝިޕްގައި ކިޔަވަމުންދާ ދިވެހި ދަރިވަރުންނަށް މިނިސްޓްރީ އޮފް ހަޔާ އެޑިއުކޭޝަނުން ވެފައިވާ އިހުމާލުތަކުގެ ރިޕޯޓެއް، ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީ މެންބަރު މުހައްމަދު އިބްރާހީމް (ކުޑޫޫ)، ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. ޢަލީ ހައިދަރް އަޙްމަދަށް ފޮނުއްވައިފިއެވެ.
މި ރިޕޯޓުގެ ވާހަކަ ކުޑޫ ފާހަގަކުރެއްވީ ވަޒީރަށް ފޮނުއްވި ސިޓީއެެއް، މިއަދު އޭނާގެ ސޯޝަލް މީޑިއާގައި ޕޯސްޓުކުރައްވަމުންނެވެ. މި ރިޕޯޓު ބިނާވެފައިވަނީ ދަރިވަރުން ހުށަހަޅާފައިވާ ޝަކުވާތައް ހިމެނޭ ދެ ލިޔުމެއްގެ މައްޗަށް ކަމަށް ކުޑޫ ވިދާޅުވިއެވެ.
ލިޔުން 1: ފައިސާގެ މުއާމަލާތްތަކާއި އިދާރީ ލަސްވުންތައްމި ލިޔުމަކީ މިނިސްޓްރީއަށް ހުށަހަޅާފައިވާ ފައިސާގެ އެކި މުއާމަލާތްތައް ލަސްވަމުންދާ ގޮތް ތަފްސީލުކޮށްދޭ ރެކޯޑްތަކެއް ކަމަށް ކުޑޫ ވިދާޅުވިއެެވެ. މީގެ މައިގަނޑު މުހިންމު ނުކުތާތަކަކީ:• ސްޓައިޕެންޑް ލަސްވުން: ގިނަ އަދަދެއްގެ ދަރިވަރުންނަށް ދޭންޖެހޭ ސްޓައިޕެންޑް ނުލިބި ދެ މަހާއި ހަތަރު މަހާ ދެމެދުގެ މުއްދަތެއް ވެފައިވާކަން ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.• ރީއެމްބާސްމަންޓް: ޓިކެޓް ފައިސާ އާއި އެހެނިހެން ޚަރަދުތަކުގެ ބަދަލު ހޯދަން ހުށަހެޅިތާ އެތައް މަހެއް ވީއިރުވެސް ފައިސާ ޖަމާވެފައިނުވާ ފާހަގަކޮށްފައިވެއެވެ.• މުޢާމަލާތް ކުރުމުގެ ދަތިކަން: މިނިސްޓްރީއިން އީމެއިލްތަކަށް ޖަވާބު ނުދޭކަމާއި، ވަޓްސްއަޕް މެދުވެރިކޮށް ދެނީ ވަރަށް ނުސާފު ޖަވާބުތަކެއްކަން ފާހަގަކޮށްފައިވެއެވެ.• ދިރިއުޅުމުގެ ދަތިތައް: ފައިސާ ލަސްވުމުގެ ސަބަބުން ކުލި ދެއްކުމަށާއި އަސާސީ ބޭނުންތަކަށް ބޭނުންވާ ފައިސާ ނެތި ދަރިވަރުން ދަނީ ބޮޑެތި ތަކުލީފުތަކެއް އުފުލަމުން ކަމަށް ބުނެފައިވެއެވެ.