މީޑިއާތަކަށް ފައިސާ ދިނުން: މުވައްޒަފުންގެ އަދަދާއި، ކޮންޓެންޓް ފުޅާކުރަން ކުރާ މަސައްކަތަށް މާކްސް ދޭނެ
ސަން
25 ޑިސެމްބަރު 2025 | ބުރާސްފަތި | 5:13
ދައުލަތުން މީޑިއާތަކަށް ފައިސާ ދިނުމާ ގުޅޭ ގޮތުން މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަނުން އާ އުސޫލެއް އެކުލަވާލައި، މިއަދު ގެޒެޓުކޮށްފިއެވެ.
ދައުލަތުން މީޑިއާތަކަށް ފައިސާ ދިނުމަކީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ. އެގޮތުން، ރާއްޖޭގައި ރަޖިސްޓްރީ ކޮށްގެން ހިންގާ އަމިއްލަ މީޑިއާތަކަށް ބަޖެޓުގެ އަންދާޒާކުރެވޭ އާމްދަނީގެ 0.1 އިންސައްތަ ދިނުމަށް ވަނީ ނިންމަވައިފައެވެ.
އެ ނިންމެވުމާ ގުޅިގެން، މީޑިއާތަކަށް ފައިސާ ދިނުމުގެ އުސޫލު ފުރަތަމަ އިންފޮމޭޝަން އެންޑް އާޓްސް މިނިސްޓްރީންނެވެ. ނަމަވެސް އެ އުސޫލުގެ ދަށުން 18 މީޑިއާއަކަށް ފައިސާ ދޫކުރާނެ ކަމަށް އިއުލާނުކުރިއިރު، އެންމެ ގިނައިން ފައިސާ ލިބެން އޮތީ އިންފޮމޭޝަން މިނިސްޓަރު އިބްރާހީމް ވަހީދު (އަސްވާޑު)ގެ މަސްލަހަތު އޮންނަ ސަންގު ޓީވީއަށެވެ. އެގޮތުން، އެ ޓީވީއަށް 3.8 މިލިއަން ރުފިޔާ ލިބޭއިރު، ސަންގު އޮންލައިނަށް 1.3 މިލިއަން ރުފިޔާ ލިބެއެވެ.