ޖެނުއަރީން ފެށިގެން އެކަނިވެރި މައިންނަށް ދޭ އެހީ 15،000އާ ހަމައަށް ބޮޑުކޮށްފި

ސަން

25 ޑިސެމްބަރު 2025 | ބުރާސްފަތި | 6:13

އެކަނި ދަރިން ބަލަހައްޓާ މަޔަކަށް ނުވަތަ ބަފަޔަކަށް ދައުލަތުން ކޮންމެ މަހަކު ދޭ މާލީ އެހީ 15،000 ރުފިޔާއާ ހަމައަށް ބޮޑުކޮށްފިއެވެ.

މީގެ ހަ އަހަރުކުރިން، އޮކްޓޯބަރު 20، 2019ގައި، އެކަނި ދަރިން ބަލަހައްޓާ މަޔަކަށް ނުވަތަ ބަފަޔަކަށް ދައުލަތުން ދޭ މާލީ އެހީ ވަނީ، 3،000 ރުފިޔާއިން 10،000 ރުފިޔާއާ ހަމައަށް އިތުރުކޮށްފައެވެ. އެހެންކަމުން މިއަދު ގާނޫނަށް އައި އިސްލާހާއެކު، މިއީ 5،000 ރުފިޔާގެ އިތުރުވުމެކެވެ.

ގަވައިދަށް މިއަދު ގެނައި އިސްލާހުގައިވާ ގޮތުން އެކަނިވެރި މައިންނަށާއި ބަފައިންނަށް މަހަކު ގިނަވެގެން 15،000 ރުފިޔާގެ މާލީ އެހީތެރިކަން ލިބޭނެއެވެ. އެއީ އަހަރެއްގެ މައްޗަށް 180،000 ރުފިޔާއެވެ.

މައުޟޫޢުތަށް