ލައިވް ޓީވީގައި ޝުޖޫންއަށް ފުރައްސާރަކުރިތާ ދެ ހަފުތާފަހުން އެޗްއާރްސީއެމުން ކަންބޮޑުވެއްޖެ

ސަން

25 ޑިސެމްބަރު 2025 | ބުރާސްފަތި | 5:55

ލައިވް ޓީވީގައި، ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ ކުރިފުޅުމަތީ، ސުޕްރީމް ކޯޓުގެ ފަނޑިޔާރު އައިޝާ ޝުޖޫން މުޙައްމަދަށް ފުރައްސާރަކުރާ މޭރުމަކުން ވާހަކަދެއްކި އުމުރުން ދުވަސްވީ މީހެއްގެ ވާހަކަ ކުށްވެރިކޮށް އެފަދަ ވާހަކަތަކަކީ އަންހެނުންނާ މެދު ކުރެވޭ ތަފާތުކުރުންތައް ނައްތައިލަން އެޅޭ ހުރަހެއްކަމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދި މޯލްޑިވްސް (އެޗްއާރްސީއެމް)އިން މިއަދު ބުނެފިއެވެ.

މާލޭގެ ރައްޔިތުންގެ ތެރެއިން ހެންވޭރުގައި އުޅޭ ރައްޔިތުންނާ ބައްދަލުކުރުމަށް މި މަހުގެ ހަތްވަނަ ދުވަހު ކަލާފާނު ސްކޫލުގައި ބައްދަލުވުމެއް ވަނީ ބާއްވައިފައެވެ. އެ ބައްދަލުވުމުގައި އުމުރުން ދުވަސްވީ މީހަކު ވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އައިޝާ ޝުޖޫންއަށް ނިސްބަތްކޮށް، ވާހަކަތަކެއް ދައްކައިފައެވެ.

ލައިވް ޓީވީގައި އޭނާގެ އެ ވާހަކަތަކުގައި ޝުޖޫންއަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަން ކުރަން ލިބިގެން ނުވާނެ ކަމަށާއި، ޝުޖޫން ހެދުން އަޅުއްވާ ގޮތަށް ވެސް ނިސްބަތްކޮށް އެކި ވާހަކަ ދައްކައިފައިވެއެވެ.

މައުޟޫޢުތަށް