ޗޮކްލެޓް ސިރަޕް ފުޅިތަކެއްގައި އެތެރެކުރި 30 މިލިއަނަށް އަގުއަރާ ހަޝިޝް އޮއިލް އަތުލައިފި
ސަން
25 ޑިސެމްބަރު 2025 | ބުރާސްފަތި | 11:48
ޗޮކްލެޓް ސިރަޕް ފުޅިތަކެއްގައި ކަނޑުމަގުން ރާއްޖެ އެތެރެކުރި 30 މިލިއަން ރުފިޔާއަށް އަގުއަރާ ހަޝިޝް އޮއިލް ކަސްޓަމްސްއިން މިރޭ އަތުލައިފިއެވެ.
މިރޭ ކަސްޓަމުން ހިންގި ޚާއްސަ މި އޮޕަރޭޝަނަކީ ޗޮކްލެޓް ސިރަޕް ފުޅިތަކެއް ބަލައިފާސްކުރުމުގައި ޝައްކުކުރެވޭ ކަންތައްތަކެއް ފާހަގަވުމުން ހިންގި އޮޕަރޭޝަނެކެވެ.
މި އޮޕަރޭޝަނުގައި، ފުޅިތަކުގެ ތެރޭ ހުރި ތަކެތި ޓެސްޓުކޮށް އެއީ ކޮންޗެއްތޯ ވަނީ ބަލައިފައެވެ. މި ތަކެތި ފުރަތަމަ މަރުހަލާގައި ޓެސްޓުކުރުމުން ޕޮޒިޓިވްވެފައިވަނީ ހަޝިޝް އޮއިލަށެވެ.