ފުލުހަކަށް ހަމަލާދިންކަމުގެ ތުހުމަތުގައި ކުށުގެ ރެކޯޑު އޮތް ތިން މީހަކު ހައްޔަރުކޮށްފި

ސަން

26 ޑިސެމްބަރު 2025 | ހުކުރު | 12:31

ފުލުހަކަށް ހަމަލާދީ މާރާމާރީ ހިންގި މައްސަލައިގައި ކުށުގެ ރެކޯޑު އޮތް ތިން މީހަކު މާލޭން ހައްޔަރުކޮށްފިއެވެ.

މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ފުލުހުން މިއަދު ބުނީ، މިދިޔަ އަންގާރަ ދުވަހު ހަވީރު 4:15 ހާއިރު، ގުރޫޕު ހަދައިގެން ތިބި ބަޔަކު ޖިނާއީ ކުށެއް ކުރަން އުޅޭ ކަމަށް ޝައްކުކުރެވޭތީ ބަލައި ފާސްކުރަން މަސައްކަތްކުރި ކަމަށެވެ.

އެ މަސައްކަތް ކުރަން އުޅުނު ފުލުހަކަށް ހަމަލާދީ، މާރާމާރީ ހިންގި ކަމަށާއި، އެ މައްސަލަ ބަލަމުން އަންނަ ކަމަށް، ފުލުހުން ބުންޏެވެ.

މައުޟޫޢުތަށް