ގައުމު އާރާސްތުކުރަން މިއަދު ހަނދާންކުރަންވީ ސުނާމީއަށްފަހު ދިރުވި އެއްބައިވަންތަކަން: ރައީސް

ސަން

26 ޑިސެމްބަރު 2025 | ހުކުރު | 11:08

ކުއްލި ހާލަތްތަކަށް ތައްޔާރުވެ، ގައުމު އާރާސްތުކުރެވޭނީ ސުނާމީއަށް ފަހު ދިރުވި އެއްބައިވަންތަކަން ދިވެހީންގެ ތެރޭގައި އޮވެގެން ކަމަށާއި އެކަންކަން ކުރުމަށް މިއަދު ހަނދާންކުރަންވީ ސުނާމީއަށް ފަހު ދިރުވި އެއްބައިވަންތަކަން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

ދިވެހިރާއްޖެއަށް ސުނާމީގެ ބޮޑު ރާޅު އެރީ 2004 ވަނަ އަހަރުގެ ޑިސެންބަރު 26 ވަނަ ދުވަހެވެ. އެ ބޮޑު ކާރިސާ ކުރިމަތިވީތާ މިއަދަށް މިވަނީ 21 އަހަރު ފުރިފައެވެ.

ދުވަހާ ގުޅިގެން ރައީސް ނެރުއްވި ޚިޠާބުގައި ވިދާޅުވީ, މި ގައުމާ ކުރިމަތިވި ކުއްލި ނުރައްކަލުގެ އެ އުނދަގޫ ހާލަތުގެ ހަނދާންތައް ދުވަހަކު ވެސް ދިވެހީންގެ ހިތްތަކުން ފިލައިގެން ނުދާނެ ކަމަށެވެ. މިއަދު އެ މަނިކުފާނުގެ އެންމެ އިސް ވާޖިބަކީ، އެ ހިތާމަވެރި ހާދިސާގައި ދުނިޔެ ދޫކުރި ދިވެހި އަޚުންނާއި އުޚުތުންނަށް ސުވަރުގޭގެ ދާއިމީ ނިއުމަތް ދެއްވުން އެދި ދުއާކުރުން ކަމަށް ވިދާޅުވެ އެ މަނިކުފާނު ވަނީ ހަމްދަރުދީވެވަޑައިގެންފައެވެ.

މައުޟޫޢުތަށް