ބިދޭސީންގެ މައްސަލައަށް ދާއިމީ ހައްލެއް އަންނާނެކަން ރައްޔިތުން މިހާރު ގަބޫލުކުރާނެ: އިހުސާން
ސަން
26 ޑިސެމްބަރު 2025 | ހުކުރު | 1:33
ދިވެހިރާއްޖޭގައި ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރަން މި ސަރުކާރުން ފެށި މަސައްކަތަށް ދެ އަހަރުވާންދާއިރު، މި ފަސް އަހަރު ތެރޭ އެ ކަމަށް ދާއިމީ ހައްލެއް އަންނާނެކަން މިހާރު ރައްޔިތުން ގަބޫލުކުރާނެ ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން ރޭ ވިދާޅުވެއްޖެއެވެ.
ދައުލަތުގެ މީޑިއާގެ ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން އިހުސާން ވިދާޅުވީ، ގަވައިދާ ޚިލާފަށް ރާއްޖޭގައި ބިދޭސީން އުޅެމުންދަނީ 1990ގެ ފަހުކޮޅުން ފެށިގެން ކަމަށެވެ. އެހާ ގިނަ ދުވަސްވީ ބޮޑު މައްސަލައެއްގެ ހައްލު ހޯދުމުގެ ބުރަ މަސައްކަތް އެ މިނިސްޓްރީގެ ފޮރިން ލޭބާ ޑިޕާޓްމަންޓާއި، މޯލްޑިވްސް އިމިގްރޭޝަން އަދި ފުލުހުންނާ އެކުގައި ކުރާއިރު އެންމެ ބޮޑަށް ކުރާ މަސައްކަތަކީ މި މައްސަލަ ހައްލުކޮށްދެވޭކަން ރައްޔިތުންނަށް އިހުސާސްކޮށްދިނުން ކަމަށް އޭނާ ވިދާޅުވިއެވެ.
އެ ގޮތުން، މިހާރު މި ފަސް އަހަރު ތެރޭ މި މައްސަލައަށް ދާއިމީ ހައްލެއް އަންނާނެކަން ރައްޔިތުން ގަބޫލުކުރާނެ ކަމަށް އިހުސާން ވިދާޅުވިއެވެ.