އެއްބައިވަންތަކަމަށް ބުރޫއަރައި، މަސްލަހަތު ގެއްލޭ ކަންކަމަށް ފުރުސަތު ނުދޭން ސިޔާމް ގޮވާލައްވައިފި

ސަން

26 ޑިސެމްބަރު 2025 | ހުކުރު | 11:45

ދިވެހީންގެ މެދުގައި އުފެދިފައިވާ އެއްބައިވަންތަކަމާއި އަޚުވަންތަކަމުގެ ގުޅުމަށް ބުރޫއަރާފަދަ އަދި ގައުމުގެ މަސްލަހަތު ގެއްލޭފަދަ އަމަލުތައް ހިންގަން އެއްވެސް މީހަކަށް ފުރުސަތު ނުދޭން މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ)ގެ ރައީސް އަދި ދ. މީދޫ ދާއިރާގެ މެންބަރު އަހުމަދު ސިޔާމް މުހައްމަދު މިއަދު ގޮވާލައްވައިފިއެވެ.

މިއަދު ފާހަގަކުރާ ގައުމީ އެއްބައިވަންތަކަމުގެ ދުވަހުގެ މުނާސަބަތާ ގުޅިގެން ސިޔާމް ފޮނުއްވި ޚިޠާބުގައި ވަނީ ރާއްޖޭގެ އެންމެހާ ލޮބުވެތި ރައްޔިތުންނަށް ތަހުނިޔާ ދަންނަވައި، ދުވަހުގެ ހެޔޮ އެދުންތައް އަރިސްކުރައްވާފައެވެ.

އެ މަނިކުފާނު ވިދާޅުވީ، ޑިސެންބަރު 26، 2004 ގައި ރާއްޖެއަށް ކުރިމަތިވި ސުނާމީގެ ނުރައްކާތެރި އަދި އެހާ ހިތާމަވެރި ކާރިސާއާ ގުޅިގެން ކޮންމެ އަހަރެއްގެ ވެސް މި ދުވަހު އެއްބައިވަންތަކަމުގެ ދުވަހެއް ފާހަގަކުރަނީ ރާއްޖޭގެ ލޮބުވެތި ރައްޔިތުން ދައްކުވައިދިން އަޚުވަންތަކަމާއި، ގައުމީ އެއްބައިވަންތަކަމުގެ މަތިވެރި ގުޅުމުގެ ހަނދާންތައް އައުކުރުމަށްޓަކައި ކަމަށެވެ.

މައުޟޫޢުތަށް