ހުއްދަނެތި ސީޕްލޭން ޕްލެޓްފޯމެއް އެޅުމުން މަންތާ އެއާ ޖޫރިމަނާކޮށްފި
ސަން
26 ޑިސެމްބަރު 2025 | ހުކުރު | 12:31
ޓޫރިސްޓު ފެސިލިޓީސްތަކާއެކު, ޑޮމެސްޓިކް އެއާޕޯޓެއް ހިންގާ, ރ. އިފުރުގައި, އެންވަޔަރަންމަންޓަލް ރެގިއުލޭޓަރީ އޮތޯރިޓީ (އީއާރުއޭ)ގެ ހުއްދަ ނެތި, ސީޕްލޭން ޕްލެޓްފޯމެއް އެޅި މައްސަލައިގައި, މަންތާ އޭވިއޭޝަން ޕްރައިވެޓް ލިމިޓެޑު ޖޫރިމަނާކޮށްފިއެވެ.
އީއާރުއޭއިން އިއްޔެ ނެރުނު ބަޔާނެއްގައި ބުނީ މަންތާ އެއާއިން އިފުރުގައި ސީޕްލޭން ޕްލެޓްފޯމެއް އަޅާފައިވަނީ, ތިމާވެއްޓަށް އަސަރު ފޯރާނެ މިންވަރު ބަޔާންކުރާ ރިޕޯޓު ހެދުމާބެހޭ ގަވާއިދާ ޚިލާފަށް، ކަމަށެވެ.
އެ ގަވާއިދު ބުނާގޮތުން ތިމާވެއްޓަށް ފާހަގަކުރެވޭ ބަދަލެއް ނުވަތަ ނޭދެވޭ އަސަރެއްކޮށްފާނެ މަޝްރޫޢުތައް، އެ މަޝްރޫޢުތަކުގެ އަމަލީ މަސައްކަތް ފެއްޓުމުގެ ކުރިން ސްކްރީންކޮށް، އީއާރުއޭގެ ހުއްދަ ހޯދަންޖެހޭނެއެވެ.