ބަޖެޓު ފޫބެއްދޭނެ ގޮތެއް ނެތް، ކަމެއް ކުރަންޏާ ޖެހޭނީ ޗާޕުކުރަން: ޔާމީން

ސަން

26 ޑިސެމްބަރު 2025 | ހުކުރު | 1:37

އަންނަ އަހަރަށް 64 ބިލިއަން ރުފިޔާގެ ބަޖެޓެއް ފާސްކުރި ނަމަވެސް އެ ފައިސާ ހޯދައި، ބަޖެޓު ފޫބެއްދޭނެ ގޮތެއް ނެތް ކަމަށާއި އެހެންވެ ކަމެއް ކުރަންޏާ ޖެހޭނީ ފައިސާ ޗާޕުކުރަން ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ރޭ ވިދާޅުވެއްޖެއެވެ.

ސަރުކާރުން އަންނަ އަހަރަށް ލަފާކޮށް، ފާސްކުރީ 64 ބިލިއަން ރުފިޔާގެ ރިކޯޑު ބަޖެޓެކެވެ.

އަންނަ އަހަރު އާމްދަނީގެ ގޮތުގައި 40 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ލަފާކޮށްފައިވާއިރު، ބާކީ ފައިސާގެ ބޮޑުބައި ހޯދަން ރާވާފައިވަނީ ބޭރު ގައުމުތަކުންނެވެ. ބަޖެޓު ފޮތުގައި ވާގޮތުން އަންނަ އަހަރު ޖުމުލަ 26.3 ބިލިއަން ރުފިޔާ ހޯދަންޖެހޭއިރު، އޭގެ ތެރެއިން 16.8 ބިލިއަން ރުފިޔާ ހޯދަން ސަރުކާރުން ރާވަނީ ބޭރުންނެވެ.

މައުޟޫޢުތަށް