މުސްލިމުން މި ހާލަތަށް ވެއްޓުނީ ދީނާ ދުރުވެ، މާއްދީ ދުނިޔެއަށް ހެއްލުމުން: ޚުތުބާ

ސަން

26 ޑިސެމްބަރު 2025 | ހުކުރު | 1:22

އިސްލާމީ އުންމަތް މިއަދު ވެއްޓިފައިވާ ފުން ވަޅުގަނޑަށް ވެއްޓުނީ، މުސްލިމުން ދީނާ ދުރުވެ، ދީނާއި ސިޔާސަތު ވަކިކޮށް، އިލްމާއި ދިރާސާކުރުން ދޫކޮށްލައި، ހަމައެކަނި މާއްދީ ދުނިޔެއަށް ހެއްލުމުން ކަމަށް މިއަދުގެ ހުކުރު ޚުތުބާގައި ބުނެފިއެވެ.

މިއަދުގެ ހުކުރު ޚުތުބާ ޚާއްސަކޮށްފައިވަނީ "އިސްލާމީ ޙަޟާރަތުގެ ރަންޒަމާން"، މި މައުޟޫއުގެ މައްޗަށެވެ.

އިސްލާމީ ޙަޟާރަތުގެ މާނައަކީ އިސްލާމީ ސަގާފަތާއި، އުސޫލުތަކާއި، ހަމަތަކުގެ މަތީގައި ތިބެ، ރޫހާނީ ގޮތުންނާއި، މާއްދީ ގޮތުން ހޯދައިފައިވާ ކުރިއެރުންތަކެވެ. އެއީ ދީނީ، އިޖުތިމާއީ، ސިޔާސީ، އަސްކަރީ، އިގުތިސާދީ، އުމްރާނީ އަދި އިލްމާއި ފަންނުވެރިކަމުގެ ގޮތުން ވިޔަސް، މުސްލިމުން ހޯދައިފައިވާ ތަފާތު ކުރިއެރުންތަކެވެ.

މައުޟޫޢުތަށް