ދެވަނަ ފިޔަވަހީގެ ތިން ފަންގިފިލާގެ އާ މިސްކިތް ރަސްމީކޮށް ހުޅުވައިފި

ސަން

26 ޑިސެމްބަރު 2025 | ހުކުރު | 2:57

ބޮޑު އާބާދީއެއް އޮންނަ ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އަލަށް އިމާރާތްކޮށް ނިންމި ޗާލު މިސްކިތް މިއަދު ރަސްމީކޮށް ހުޅުވައިފިއެވެ.

މިއަދުގެ ހުކުރު ނަމާދަށް މަސްޖިދުލްއީމާން ރަސްމީކޮށް ވަނީ ހުޅުވާފައެވެ. އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވެސް އެ މިސްކިތަށް މިއަދު ވަޑައިގެންނެވިއިރު، އިމާމުވެ ނަމާދުކުރެއްވީ ޒުވާން ޚަޠީބު އަލްޙާފިޒު ޢުވައިސް ބިން އިނާޒެވެ.

އަމިއްލަ ފަރާތަކުން އެޅި ތިން ފަންގިފިލާގެ މި މިސްކިތުގައި 1،200 މީހުންނަށް އެއްފަހަރާ ނަމާދުކުރެވޭނެއެވެ.

މައުޟޫޢުތަށް