ޕީއެންސީން މަޖިލީހަށް ވާދަކުރި ރައޫފާއި ސުލޫކީ މައްސަލައެއް ސާބިތުވި ޝުޖާއު ހައިކޯޓުގެ ފަނޑިޔާރުކަމަށް ކުރިމަތިލައްވައިފި

ސަން

26 ޑިސެމްބަރު 2025 | ހުކުރު | 3:52

ހައިކޯޓުގައި ހުސްވެފައިވާ ފަނޑިޔާރުކަމުގެ ދެ މަގާމަށް، އެ ކޯޓުގެ ކުރީގެ އިސްފަނޑިޔާރު ޝުޖާއު އުސްމާނާއި އެ ކޯޓުގެ ފަނޑިޔާރުކަން 10 އަހަރަށްވުރެ ގިނަ ދުވަހު ކުރެއްވި އަބްދުއްރައޫފު އިބްރާހިމް ހިމެނޭހެން 19 ބޭފުޅަކު ކުރިމަތިލައްވަފިއެވެ.

ހައިކޯޓުގެ ދެ ފަނޑިޔާރުންގެ މަގާމަށް އިއުލާނުކުރީ، ހައިކޯޓުގައި ގިނަ ދުވަހު މަސައްކަތްކުރެއްވި ފަނޑިޔާރު މުޙައްމަދު ނިޔާޒު ރިޓަޔާކުރެއްވުމާއި، އެ ކޯޓުގެ ފަނޑިޔާރު މުޙައްމަދު ފައިޞަލް އިސްތިއުފާދެއްވުމާ ގުޅިގެން ދެ މަގާމު ހުސްވުމުންނެވެ.

ދެ މަގާމަށް އެދި ކުރިމަތިލުމަށް ހުށަހެޅުމުގެ މުއްދަތު މިހާރު ހަމަވެފައިވީ ނަމަވެސް ކުރިމަތިލީ މީހުންގެ ނަންތަކެއް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ން އަދި އިއުލާންކޮށްފައެއް ނުވެއެވެ. އެކަމަކު، މައުލޫމާތު ލިބިފައިވާ ގޮތުގައި ޝުޖާއު އަދި ރައޫފު ހިމެނޭހެން 19 މީހަކު ވަނީ ހައިކޯޓުގެ ފަނޑިޔާރުންގެ މަގާމަށް ކުރިމަތިލާފައެވެ.

މައުޟޫޢުތަށް