ކޯޓަށް ހާޒިރުނުވެގެން މަންޑޭ ހޯދަން ކޯޓުން އަމުރެއް!
ސަން
26 ޑިސެމްބަރު 2025 | ހުކުރު | 6:56
ކޭޕާކު ފުލެޓުތައް އޮޅުވާލައިގެން ގިނަ އަދަދެއްގެ މީހުންނަށް ވިއްކުމުގެ ތުހުމަތު ކުރެވޭ ހަސަން މަމްދޫހު (މަންޑޭ) އަޑުއެހުމަށް ހާޒިރުނުވެގެން އޭނާ ކޯޓަށް ހާޒިރުކޮށްދިނުމަށް އެދި، ކްރިމިނަލް ކޯޓުން ފުލުހުންގެ މައްޗަށް އިއްޔެ އަމުރެއް ނެރެފިއެވެ.
އޮޅުވާލައިގެން ކޭޕާކު ފުލެޓުތައް ގިނަ އަދަދެއްގެ މީހުންނަށް ވިއްކުމުގެ ތުހުމަތުގައި މަންޑޭގެ އިތުރުން ޖައިޝާން ސައީދަށް ވެސް ދައުވާކުރެއެވެ. މަންޑޭއާ ދެކޮޅަށް 100 އަށްވުރެ ގިނަ ދައުވާކުރާއިރު ޖައިޝާނާ ދެކޮޅަށް 98 ދައުވާއެއް ވަނީ އުފުލައިފައެވެ.
މިދިޔަ އަހަރުގެ ޖުލައި 30ގައި ކްރިމިނަލް ކޯޓުގައި ވަނީ އެ މައްސަލައިގައި ޝަރީއަތް ފަށައިފައެވެ.