ސުނާމީގެ ހަނދާނުގައި ހެދި ބިނާ ދަބަރަށްވެ، މައިޒާން ވީރާނާވެފައި

ސަން

26 ޑިސެމްބަރު 2025 | ހުކުރު | 7:31

ސުނާމީގެ ހަނދާނުގައި ތަރައްގީކޮށްފައިވާ ސުނާމީ ބިނާ މައިޒާނުގެ އެކި ތަންތަން ވަރަށް ބޮޑަށް ވީރާނާވެ، ހަލާކުވެފައި ހުންނަތާ ގިނަ ދުވަސްތަކެއް ވެއްޖެއެވެ.

ސުނާމީ ކާރިސާއަށް މިއަދު 21 އަހަރު މި ވަނީ ފުރިފައެވެ. އެ ކާރިސާގައި ދިވެހީން ދެއްކި އެއްބައިވަންތަކަމުގެ ރަމްޒެއްގެ ގޮތުން ސުނާމީ ބިނާ އެންމެ ފުރަތަމަ ބެހެއްޓީ މާލޭ ލޮނުޒިޔާރާތްކޮޅުގައެވެ.

ސިނަމާލެ ބްރިޖު އެޅުމުގެ ކުރިން އެއީ ހަވީރު ފިންޏަށް ގިނަ ބަޔަކު އެއްވެ އުޅުނު ހިތްގައިމު ސަރަހައްދެކެވެ. ނަމަވެސް ބްރިޖުގެ މަސައްކަތަށް އެ ބިނާ އެ ތަނުން ނެގުމަށްފަހު ދެން ބެހެއްޓީ، މިހާރު އެ ބިނާ ހުރި ސަރަހައްދު ކަމަށްވާ ވިލިމާލެ ފެރީ ޓާމިނަލް ކައިރިއެވެ. އެ ތަން ތަރައްގީކުރީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައެވެ.

މައުޟޫޢުތަށް