މާލޭގައި ނޭޕާލް އަންހެނުންތަކެއްގެ މެދުގައި މާރާމާރީއެއް ހިންގައިފި

ސަން

26 ޑިސެމްބަރު 2025 | ހުކުރު | 9:03

މާލޭގައި ބިދޭސީ އަންހުންތަކެއްގެ މެދުގައި މިރޭ މާރާމާރީއެއް ހިނގައިފިއެވެ.

ސޯޝަލް މީޑިއާގައި ދައުރުވާ ވީޑިއޯއަކުން ފެންނަ ގޮތުގައި، ބިދޭސީ ތިން އަންހެނަކު މާލޭގެ މަގެއް މަތީގައި ހަމަނުޖެހުން ހިންގާ މަންޒަރު ފެނެއެވެ.

އޭގެތެރެއިން، ފިޔާތޮށި ކުލައިގެ ޓީޝާޓެއް ލައިގެން ހުރި ބިދޭސީ އަންހެނަކު ދެން ހުރި އަންހެން މީހާގެ އިސްތަށިގަނޑަށް ދަމާ މަންޒަރު ފެނެއެވެ. އަދި، ކަޅު ޓޮޕެއް ލައިގެން ހުރި ބިދޭސީ އަންހެނެއް، ގޮށްމުށުން އެހެން އަންހެނެއް ގައިގައި ޖަހާ ތަން ފެނެއެވެ. އެ މާރާމާރީ ހުއްޓުވަން އެ މީހުންގެ މެދުގައި ފިރިހެނުންތަކެއް ހަރަކާތްތެރިވިއިރު، އެ ސަރަހައްދަށް ގިނަ އަދަދަކަށް މީހުން އެއްވެފައި ތިއްބެވެ.

މައުޟޫޢުތަށް