ކޯޓަށް ހާޒިރުކުރުމަށް ނުވަ ފަހަރެއްގެ މަތިން ހޯދަން އިއުލާނުކުރި އިޒާމް އަދި ވެސް ނުފެނޭ
ސަން
26 ޑިސެމްބަރު 2025 | ހުކުރު | 11:37
މީގެ ކުރިން އެކި ފަހަރު މަތިން ކޯޓަށް ހާޒިރުކުރުމަށް އިއުލާނުކުރި، އިޒާމް ޒާހިރު އަދި ވެސް ނުފެންނަ ކަމަށް ފުލުހުން މިރޭ ބުނެފިއެވެ.
މީޑިއާތަކާ ހިއްސާކުރި މެސެޖެއްގައި ފުލުހުން ބުނީ، ގދ. ވާދޫ، ސަބާހާ މަންޒިލަށް ނިސްބަތްވާ އިޒާމް ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކުރުމަށް އެކި ފަހަރު މަތިން ކޯޓުން ފުލުހުންގެ މައްޗަށް އަމުރުކޮށްފައިވާ ކަމަށެވެ.
މިގޮތުން، އޭނާ ކޯޓަށް ހާޒިރުކުރުމަށްޓަކައި، ނުވަ ފަހަރެއްގެ މަތިން އިއުލާނުކުރި ކަމަށާއި މިހާތަނަށް ކުރެވުނު މަސައްކަތުން އަދިވެސް އޭނާ ހޯދިފައިނުވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.