ކޯޓަށް ހާޒިރުކުރަން ޖެހޭތީ މަންޑޭ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފި

ސަން

27 ޑިސެމްބަރު 2025 | ހޮނިހިރު | 12:19

ކޭޕާކު ފުލެޓުތައް އޮޅުވާލައިގެން ގިނަ އަދަދެއްގެ މީހުންނަށް ވިއްކުމުގެ ތުހުމަތު ކުރެވޭ ހަސަން މަމްދޫހު (މަންޑޭ) ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފިއެވެ.

އޮޅުވާލައިގެން ކޭޕާކު ފުލެޓުތައް ގިނަ އަދަދެއްގެ މީހުންނަށް ވިއްކުމުގެ ތުހުމަތުގައި މަންޑޭގެ އިތުރުން ޖައިޝާން ސައީދަށް ވެސް ދައުވާކުރެއެވެ. މަންޑޭއާ ދެކޮޅަށް 100 އަށްވުރެ ގިނަ ދައުވާކުރާއިރު ޖައިޝާނާ ދެކޮޅަށް 98 ދައުވާއެއް ވަނީ އުފުލައިފައެވެ.

މިދިޔަ އަހަރުގެ ޖުލައި 30ގައި ފަށައިގެން ކްރިމިނަލް ކޯޓުގައި ޝަރީއަތް މިހާރު ކުރިއަށްދާއިރު، މިދިޔަ ބުރާސްފަތި ދުވަހުގެ އަޑުއެހުމަށް މަންޑޭ ހާޒިރުވެފައެއް ނުވެއެވެ.

މައުޟޫޢުތަށް