ބިހޭވިއާ ތެރިޕިސްޓުން ހިމެނޭހެން، ދިވެހި 250 ތެރަޕިސްޓުން ތަމްރީނު ކުރަން މަޝްރޫއެއް ފަށަނީ

ސަން

27 ޑިސެމްބަރު 2025 | ހޮނިހިރު | 10:56

ބިހޭވިއާ ތެރަޕިސްޓުން ހިމެނޭހެން، ދިވެހި 250 ތެރަޕިސްޓުން ތަމްރީނު ކުރުމުގެ ގައުމީ މަޝްރޫއެއް ހިންގަން ސަރުކާރުން ނިންމައިފިއެވެ.

މަތީ ތައުލީމާ ބެހޭ ވުޒާރާއިން ރޭ އެކްސްގައި ކުރި ޕޯސްޓެއްގައިވަނީ، ދިވެހި ތެރަޕިސްޓުން ތަމްރީނު ކުރަން އަންނަ އަހަރު ގައުމީ މަޝްރޫއެއް ފަށަން ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމަވައިފައިވާ ކަމަށެވެ. އޭގެ ތެރޭގައި ސްޕީޗް ތެރިޕިސްޓުންނާއި އޮކިއުޕޭޝަނަލް ތެރަޕިސްޓުންނާއި ބިހޭވިއާ ތެރަޕިސްޓުންނާއި ސައިކޯ ތެރަޕިސްޓުން ހިމެނޭނެ ކަމަށް އެ ވުޒާރާއިން ބުންޏެވެ.

އެ ވުޒާރާއިން ބުނީ، އެ މަޝްރޫއާ ގުޅޭ މައުލޫމާތު އަންނަ މަހުން ފެށިގެން ހިއްސާކުރަން ފަށާނެ ކަމަށެވެ.

މައުޟޫޢުތަށް