އައިލެންޑް އޭވިއޭޝަންގެ ގެއްލުން ބޮޑުވުމާއި، ބޯޓުތައް ގްރައުންޑްކުރާ މައްސަލަ މާލިއްޔަތު ކޮމިޓީއަށް
ސަން
27 ޑިސެމްބަރު 2025 | ހޮނިހިރު | 12:19
އައިލެންޑް އޭވިއޭޝަންގެ ގެއްލުން ބޮޑުވެ، ފްލައިޓްތައް ގްރައުންޑްކުރާ މައްސަލަ މާލިއްޔަތު ކޮމިޓީއަށް ހުށަހަޅައިފިއެވެ.
ގައުމީ އެއާލައިން މޯލްޑިވިއަންގެ ބެލެނިވެރި ކުންފުނި, އައިލެންޑް އޭވިއޭޝަނަކީ ގެއްލުމުގައި ހިންގާ ކުންފުންޏެކެވެ. މިދިޔަ އަހަރު އެކަނި ވެސް އެ ކުންފުންޏަށް 2.8 މިލިއަން ރުފިޔާގެ ގެއްލުމެއްވިއިރު، ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑް (ޕީސީބީ)ގެ ތަފާސްހިސާބުން ދައްކާ ގޮތުގައި، ސަރުކާރު ކުންފުނިތަކުގެ ތެރެއިން މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި ދެވަނައަށް އެންމެ ބޮޑު ގެއްލުމެއް ލިބުނީ އައިލެންޑް އޭވިއޭޝަނަށެވެ. އެއީ 46.36 މިލިއަން ރުފިޔާގެ ގެއްލުމެކެވެ.
އެ މައްސަލަތަކާ ގުޅޭ ގޮތުން އައިލެންޑް އޭވިއޭޝަނުން ޖަވާބު ހޯދުމަށް، މާވަށު ދާއިރާގެ އެމްޑީޕީ މެންބަރު އަހުމަދު ޝާކިރު މިއަދު ވަނީ މާލިއްޔަތު ކޮމިޓީގައި އެދިވަޑައިގެންފައެވެ.