ޕީއެންސީ ޕްރައިމަރީގައި ވޯޓު ލެވޭ 21،000 މީހުންގެ ތެރެއިން، 4 ގަޑިއިރުން ވޯޓު ލީ 6،000 މީހުން

ސަން

27 ޑިސެމްބަރު 2025 | ހޮނިހިރު | 2:22

އަންނަ އަހަރު ބާއްވާ ލޯކަލް ކައުންސިލް އިންތިޚާބުގައި، ވެރިކަން ކުރާ ޕީއެންސީން ވާދަކުރާނެ ކެންޑިޑޭޓުން ހޮވަން މިއަދު ފެށި ޕްރައިމަރީގައި މިހާތަނަށް 6,000 އަށްވުރެން ގިނަ މީހުން ވޯޓުލައިފި ކަމަށް ޕީއެންސީ ޕީޖީ ލީޑަރު އަދި ކައުންސިލް އިންތިޚާބުގެ މެނޭޖަރު އިބްރާހިމް ފަލާހު މިއަދު ވިދާޅުވެއްޖެއެވެ.

ޕީއެންސީން މީގެ ކުރިން ވަނީ، އެ ޕާޓީގެ ޕްރައިމަރީގައި 308 ކެންޑިޑޭޓުން ވާދަކުރާ ކަމަށް ބުނެފައެވެ.

އެ ޕާޓީގެ ޕްރައިމަރީ ހެނދުނު 9:00 ޖެހިއިރު ފަށައިފައިވާއިރު، 16:00އަށް ވޯޓުލުން ކުރިއަށްގެންދާނެއެވެ. އެގޮތުން މާލޭގައި އެއް ކެންޑިޑޭޓަކަށް ވުރެ ގިނަ ކެންޑިޑޭޓުން ވާދަކުރާ ދާއިރާތަކުން ވޯޓުލުން ކުރިއަށްގެންދަނީ އިސްކަންދަރު ސްކޫލުގައެވެ.

މައުޟޫޢުތަށް