ނުރަސްމީ ދަތުރުފުޅެއްގައި ރައީސް އަނެއްކާވެސް ސިންގަޕޫރަށް
ސަން
27 ޑިސެމްބަރު 2025 | ހޮނިހިރު | 1:53
ނުރަސްމީ ދަތުރުފުޅެއްގައި ރައީސް ޑރ. މުހައްމަދު މުއިއްޒާއި އަނބިކަނބަލުން ސާޖިދާ މުހައްމަދު މިއަދު ސިންގަޕޫރަށް ފުރާވަޑައިގެންފިއެވެ.
ރައީސް ސިންގަޕޫރަށް ފުރާވަޑައިގެންފައިވާކަން ފިޔަވައި، އެކަމާ ބެހޭ އިތުރު ތަފުސީލެއް ރައީސް އޮފީހުން ނުދެއެވެ.
މިއީ ވެރިކަމާ ހަވާލުވެވަޑައިގަތުމަށް ފަހު އެ މަނިކުފާނު ސިންގަޕޫރަށް ކުރައްވާ ފަސް ދަތުރުފުޅެވެ. އަދި، ހަތަރު ވަނަ ނުރަސްމީ ދަތުރުފުޅު ވެސް މެއެވެ.