ނުވަ ފަހަރު އިއުލާންކޮށްގެން ވެސް ނުހޯދުނު އިޒާމް، އަމިއްލައަށް ފުލުހުންނާ ހަވާލުވެއްޖެ
ސަން
27 ޑިސެމްބަރު 2025 | ހޮނިހިރު | 4:08
މީގެ ކުރިން ނުވަ ފަހަރު މަތިން ކޯޓަށް ހާޒިރުކުރުމަށް އިއުލާނުކުރި، އިޒާމް ޒާހިރު އަމިއްލައަށް ފުލުހުންނާ ހަވާލުވެއްޖެއެވެ.
ގދ. ވާދޫ، ސަބާހާ މަންޒިލަށް ނިސްބަތްވާ އިޒާމް ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކުރުމަށް އެކި ފަހަރު މަތިން ކޯޓުން ފުލުހުންގެ މައްޗަށް އަމުރުކޮށްފައިވެއެވެ.
މިއަދު ފުލުހުން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ވަނީ އިޒާމް ހައްޔަރުކުރި ކަމަށް މައުލޫމާތުދީފައެވެ. އަދި އިޒާމް ހައްޔަރުކޮށްފައިވަނީ ބަންދުގައި ބަހައްޓައިގެން އަންގާރަ ދުވަހު ކޯޓަށް ހާޒިރުކުރުމަށް ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރު ތަންފީޒުުކުރުމުގެ ގޮތުން ކަމަށް ފުލުހުން ބުންޏެވެ.