ސިނގިރޭޓު ކާޓަންތަކަކާއި 3،200 ޑޮލަރާއެކު، ބިދޭސީއަކު ހައްޔަރަށް
ސަން
27 ޑިސެމްބަރު 2025 | ހޮނިހިރު | 4:59
އާ އަހަރު ފެށުމާ ގުޅުވައި ފުލުހުން މާލޭގައި ކުރިއަށް ގެންދާ ޚާއްސަ އޮޕަރޭޝަން "ރިވެލި"ގެ ތެރެއިން, ސިނގިރޭޓު ކާޓަންތަކަކާއި 3،200 ޑޮލަރާއި (49،344 ރުފިޔާ) ގިނަ އަދަދެއްގެ ރުފިޔާއެކު، ހުޅުމާލެއިން ބިދޭސީއަކު ހައްޔަރުކޮށްފިއެވެ.
މި މައްސަލައިގައި ހައްޔަރުކޮށްފައި ވަނީ، ބަންގްލަދޭޝްއަށް ނިސްބަތްވާ 44 އަހަރުގެ ޝުކޫރު އަލީއެވެ.
ފުލުހުން ބުނީ، އޭނާ ހައްޔަރު ކުރީ، ރޭ ހުޅުމާލޭގައި ބަނގުރަލާއި މަސްތުވާތަކެއްޗާއި ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސިންނާއި އެ މީހުން ގަވާއިދާ ޚިލާފަށް ކުރާ ވިޔަފާރިތަކަށް އަމާޒުކޮށްގެން ހިންގި އޮޕަރޭޝަނުގައި ކަމަށެވެ.