ޅެމުން ފަރުވާ ދިނުމުގެ ދިރާސާ، ޑެޕިއުޓީ މިނިސްޓަރަކު ނިންމައިފި: ނަސީރު
ސަން
27 ޑިސެމްބަރު 2025 | ހޮނިހިރު | 7:18
ދިވެހިބަހާ ބެހޭ ވުޒާރާގެ ޑެޕިއުޓީ މިނިސްޓަރަކު، ޅެމުން ފަރުވާ ހޯދުމުގެ ދިރާސާކުރައްވައި ނިންމަވާލައްވައިފި ކަމަށް ދިވެހި ބަހާ ސަގާފަތާ ތަރިކައާ ބެހޭ ވަޒީރު އާދަމް ނަސީރު އިބްރާހީމް މިއަދު ވިދާޅުވެއްޖެއެވެ.
މިދިޔަ އަހަރުގެ ޅެންވެރިންގެ ދުވަހުގެ ޖަލްސާގައި ވަޒީރު ވަނީ، ދިވެހި ޅެމުން ނަފުސާނީ ފަރުވާދެވޭތޯ ބެލުމަށްޓަކައި ދިރާސާއެއް ކުރުމަށް ނިންމައިފައިވާ ކަމަށް ވިދާޅުވެފައެވެ. އެކަމަށްޓަކައި މިދިޔަ އަހަރުގެ މެއި މަހު "ޕޮއެޓްރީ ތެރަޕީ"އަށް ދިވެހި ނަމެއްގެ ގޮތުގައި "ޅެން ފަރުވާ" ފާސްކޮށް، ދިރާސާ ހެދުމުގެ މަސައްކަތްވަނީ ގައުމީ ޔުނިވާސިޓީއާ ހަވާލުކޮށްފައެވެ.
ނަމަވެސް މި މަސައްކަތުގެ އަދާހަމައެއް ނުލިބޭތީ މިއީ ކުރެވޭ ވަރުގެ ކަމެއް ކަމާ ދޭތެރޭ ވަރަށް ގިނަ ބަޔަކު ދަނީ ސުވާލު އުފައްދަމުންނެވެ.