ގައުމިއްޔަތު ދާއިރާއިން 50 ސްކޯލާޝިޕް ދީ، އަންނަ އަހަރު މާސްޓާސްއަށް ކިޔަވައިދޭން ފަށަނީ
ސަން
27 ޑިސެމްބަރު 2025 | ހޮނިހިރު | 7:04
ގައުމިއްޔަތުގެ ދާއިރާއިން މާސްޓާސްއަށް ކިޔަވައިދޭން އަންނަ އަހަރު ފަށާނެ ކަމަށް ދިވެހިބަހާ، ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު އާދަމް ނަޞީރު އިބްރާހީމް މިއަދު ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނަޞީރު ވިދާޅުވީ، ގައުމިއްޔަތުގެ ދާއިރާއިން މަތީ ތައުލީމު ހާސިލްކޮށް ދާއިރާގެ ތައުލީމު ފޯރުކޮށްދިނުމަށްޓަކައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު މާސްޓާސްގެ 50 ސްކޯލާޝިޕެއް ދެއްވާފައިވާ ކަމަށެވެ.
"އެ ފަށައިގަތުމުގެ ތަމްރީނުތައް މިހާރު ކުރިއަށް އެ ދަނީ އަޅުގަނޑުމެންގެ ވުޒާރާގައި. މި މަސައްކަތް ކުރިއަށް އެބަދޭ. މި ކޯސްތަކުގެ ރަސްމީ ކިޔެވުން އިސްލާމީ ޔުނިވާސިޓީގައި ފެށިގެން ކުރިއަށް ދާނެ،" އޭނާ ވިދާޅުވިއެވެ.