ކައުންސިލް އިންތިޚާބަށް އާންމުން ހޭލުންތެރިކުރުވަން އީސީން ޓިކްޓޮކް މުބާރާތެއް ބާއްވަނީ

ސަން

27 ޑިސެމްބަރު 2025 | ހޮނިހިރު | 10:47

"ރަށުގެ ކުރިމަގު"ގެ ނަމުގައި، އަންނަ އަހަރުގެ ލޯކަލް ކައުންސިލް އިންތިޚާބާ ގުޅިގެން އާންމުންގެ މެދުގައި ހޭލުންތެރިކަން އުފެއްދުމަށްޓަކައި އިލެކްޝަންސް ކޮމިޝަން (އީސީ)އިން ޓިކްޓޮކް މުބާރާތެއްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

މި މުބާރާތުގައި ބައިވެރިވާން އެދޭ ފަރާތްތަކުން މިއަހަރުގެ ފަހު ދުވަހުގެ މެންދުރުފަހު ތިނެއް ޖެހުމުގެ ކުރިން އޮންލައިންކޮށް ރަޖިސްޓްރީވާން އެ ކޮމިޝަނުން ވަނީ އެދިފައެވެ.

ކޮމިޝަނުން ނެރުނު ގަވައިދުގައިވާ ގޮތުން، އިންތިޚާބުގައި މަސައްކަތްކުރާ އޮފިޝަލުން ފިޔަވައި، 18 އަހަރުން މަތީގެ ކޮންމެ މީހަކަށް ވެސް، އަމިއްލަ ގޮތުން ނުވަތަ ޓީމެއްގެ ގޮތުގައި ބައިވެރިވެވޭނެއެވެ.

މައުޟޫޢުތަށް