އިންޓަރެކްޓިވް މިއުޒިއަމްގެ އަމަލީ މަސައްކަތް އަންނަ މަހު ފަށަނީ
ސަން
28 ޑިސެމްބަރު 2025 | އާދިއްތަ | 10:48
ރާއްޖޭގައި އަލަށް ގާއިމުކުރާ އިންޓަރެކްޓިވް އިމާސިވް މިއުޒިއަމްގެ އަމަލީ މަސައްކަތް އަންނަ މަހު ފަށާނެ ކަމަށް ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު އާދަމް ނަޞީރު އިބްރާހީމް މިއަދު ވިދާޅުވެއްޖެއެވެ.
އިހުޒަމާނުގެ ދިވެހި ރަސްރަސްކަލުން ދިރިއުޅުއްވި ބައެއް ތަންތަން، އިންޓަރެކްޓިވް އިމާސިވް މިއުޒިއަމަކަށް ބަދަލުކުރުމުގެ މަސައްކަތް ހަވާލުކޮށްފައިވަނީ ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ)އާއެވެ. ސަރުކާރުން އެފްޑީސީއާ މި މަސައްކަތް ހަވާލުކުރީ ސެޕްޓެންބަރު މަހެވެ.
އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ވަޒީރު ވިދާޅުވީ، އިންޓަރެކްޓިވް އިމާސިވް މިއުޒިއަމްގެ އަމަލީ މަސައްކަތް ފެށުމަށް އެފްޑީސީއާ އެކު އެއްބަސްވުމުގައި ސޮއިކުރަން ހަމަޖެހިފައިވާ ކަމަށެވެ. އަދި، މިއުޒިއަމްގެ އެހެން މަސައްކަތްތައް މިހާރު ވެސް ކުރަމުން އަންނަ ކަމަށް ވަޒީރު ވިދާޅުވިއެވެ.