ކުރިއަށް އޮތް 2 އަހަރު ކުދި ވިޔަފާރިތައް ކުރިއަރުވަން ޚާއްސަ ފިޔަވަޅުތަކެއް ތަންފީޒުކުރާނެ: ރައީސް
ސަން
28 ޑިސެމްބަރު 2025 | އާދިއްތަ | 12:22
ކުރިއަށް އޮތް ދެ އަހަރު ދުވަހު ކުދި ފަންތީގެ ވިޔަފާރިތަކާއި މެދު ފަންތީގެ ވިޔަފާރިތައް ކުރިއެރުވުމަށް ޚާއްސަ ފިޔަވަޅުތަކެއް ތަންފީޒުކުރާނެ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ހާމަކުރައްވައިފިއެވެ.
ރައީސް މިފަދައިން ހާމަކުރައްވާފައިވަނީ ކުރިއަށް އޮތް ދެ އަހަރު ކުދި ވިޔަފާރިތަކަށް ޚާއްސަ އިނާޔަތްތަކެއް ދެއްވާނެ ކަމަށް ރައީސް ނިންމަވާފައިވާ ކަމަށް، އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސަޢީދު މިދިޔަ ބުރާސްފަތި ދުވަހު ވިދާޅުވެފައި ވަނިކޮށެވެ.
ރައީސް އޮފީހުގައި ބުރާސްފަތި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސަޢީދު ވިދާޅުވީ، ކުރިއަށް އޮތް ދެ އަހަރު ކުދި ވިޔަފާރިތަކަށް ޚާއްސަ ލުއިތަކެއް ދޭން ވަޒީރުން ނިންމެވީ ބުދަ ދުވަހު ކަމަށެވެ. އެކަމަކު، އޭގެ އިތުރު ތަފްސީލެއް އެދުވަހު އޭނާ ހިއްސާނުކުރައްވައެވެ.