ސުނާމީ ބިނާ މައިޒާން މަރާމާތުކުރުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކުރަނީ

ސަން

28 ޑިސެމްބަރު 2025 | އާދިއްތަ | 12:23

ސުނާމީގެ ހަނދާނުގައި ތަރައްގީކޮށްފައިވާ ސުނާމީ ބިނާ މައިޒާނުގެ ވީރާނާވެފައިވާ ތަންތަން މަރާމާތުކުރުމުގެ މަސައްކަތް، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންްޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ ހަވާލުކުރުމަށް ނިންމައިފިއެވެ.

ސުނާމީގެ ހަނދާނުގައި ތަރައްގީކޮށްފައިވާ ސުނާމީ ބިނާ މައިޒާނުގެ އެކި ތަންތަން ވަރަށް ބޮޑަށް ވީރާނާވެ، ހަލާކުވެފައި ހުންނަތާ އެތައް މަހެއް ފާއިތުވެފައިވެއެވެ. އެގޮތުން، ތޮށިގަނޑާވީ ދިމާލުން މައިޒާނުގެ ވޯކްވޭތައް ހުރީ ވަރަށް ބޮޑަށް ހަލާކުވެފައެވެ. ދަށުން ވެލިގަނޑު ގަނބައިގަނެ ވަނީ އަޑިއަށް ގޮސްފައެވެ.

މީގެ އިތުރުން ސުނާމީ ބިނާގައި ހުރީ ދަބަރު ވެސް ޖަހައިފައެވެ.

މައުޟޫޢުތަށް