މަސައްކަތްކުރަނީ ސްޓައިޕެންޑް ލަސްވާ މައްސަލަ މި ހަފުތާގައި ހައްލުކުރަން: ހައިދަރު

ސަން

28 ޑިސެމްބަރު 2025 | އާދިއްތަ | 4:02

ސަރުކާރުގެ ޚަރަދުގައި ކިޔަވާ ދަރިވަރުންނަށް ސަރުކާރުން ދޫކުރާ ސްޓައިޕެންޑް ލަސްވުމުގެ މައްސަލަ މި ހަފުތާ ތެރޭ ހައްލުކުރަން މަސައްކަތް ކުރަމުން އަންނަ ކަމަށް ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. ޢަލީ ހައިދަރު އަޙްމަދު މިއަދު ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މިގޮތަށް ވިދާޅުވީ، ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީ މެންބަރު މުޙައްމަދު އިބްރާހީމް (ކުޑޫޫ) އޭނާއަށް ފޮނުއްވި ރިޕޯޓާ ބެހޭގޮތުން ވާހަކަދައްކަވަމުންނެވެ. މި ރިޕޯޓުގައި މައިގަނޑުކޮށް ހިމަނާފައިވަނީ ސްޓައިޕެންޑާއި ޓިއުޝަން ފީ ލަސްވުމާއި، ރީއިމްބާސްމެންޓް ފައިސާ ޖަމާވެފައިނުވާ މައްސަލައިގެ އިތުރުން މިނިސްޓްރީއާ މުއާމަލާތްކުރުމުގައި ހުރި ދަތިތަކުގެ ވާހަކައެވެ. ކުޑޫ މި ރިޕޯޓު މިނިސްޓަރަށް ފޮނުއްވީ ބުރާސްފަތި ދުވަހެވެ.

"ސަން" އަށް މައުލޫމާތުދެއްވަމުން ހައިދަރު ވަނީ ރިޕޯޓުގައިވާ ގިނަ މައްސަލަތައް މި ހަފުތާ ތެރޭ ހައްލުކުރާނެ ކަމަށް ވިދާޅުވެފައެވެ.

މައުޟޫޢުތަށް