ބަޖެޓުގެ 90 އިންސައްތަ އަތްނުލާ، އެކަމަކު މުއްތަލިބް ވިދާޅުވީ މިއިން ޒަމާނަކު ނުހިންގާ ވަރަށް މަޝްރޫއުތައް ކުރިއަށްދާ ކަމަށް

ސަން

28 ޑިސެމްބަރު 2025 | އާދިއްތަ | 2:24

ބޯހިޔާވަހިކަމުގެ 'ރަން ޒަމާނަކަށް' މި އަހަރު އެ ކަމަށް ކަނޑައެޅި ރިކޯޑު ބަޖެޓުގެ 90 އިންސައްތަ ބޭނުންނުކޮށް އަތްނުލާ އޮތް ނަމަވެސް، މިއިން ޒަމާނަކު ނުހިންގާ ވަރަށް އިމާރާތްކުރުމުގެ މަޝްރޫއުތައް ކުރިއަށްދާ ކަމަށް ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް މިއަދު ވިދާޅުވެއްޖެއެވެ.

ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަށް މި އަހަރު 1.8 ބިލިއަން ރުފިޔާ ޚާއްސަކުރިއެވެ. އެކަމަކު، ފިނޭންސް މިނިސްޓްރީގެ އެންމެ ފަހުގެ ހިސާބުތަކުން އެނގޭ ގޮތުގައި އަހަރު ނިމޭއިރު އެ ބަޖެޓުގެ 90 އިންސައްތަ އޮތީ އަތްނުލައެވެ. ބޭނުންކުރީ އެންމެ 10 އިންސައްތައެވެ.

އެހެންވެ، މަޝްރޫއުތައް ނުހިނގާތީ ގިނަ ބަޔަކު އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

މައުޟޫޢުތަށް