އެންމެންނަށް ކުލި ކުޑަނުކޮށް, ނިކަމެތިންނަށް ޓާގެޓްކޮށްގެން ކުރުމަކީ ރަނގަޅު ގޮތް: މުއްތަލިބު
ސަން
28 ޑިސެމްބަރު 2025 | އާދިއްތަ | 2:35
ސޯޝަލް ހައުސިން ޔުނިޓްތަކުގެ ކުލި ސަރުކާރުން ކުޑަކުރާއިރު މިހާރު މިކުރާ އުސޫލާ ޚިލާފަށް, ނިކަމެތިންނަށް ޓާގެޓްކޮށްގެން އެކަން ކުރުމަކީ އެންމެ ރަނގަޅު ގޮތް ކަމަށް ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް މިއަދު ވިދާޅުވެއްޖެއެވެ.
ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގެން ފަހުން އެކި ފަހަރު މަތިން ވަނީ ކުރީ ސަރުކާރުތަކުން އަޅާފައިވާ ސޯޝަލް ހައުސިން ޔުނިޓްތަކުގެ ޑައުންޕޭމަންޓާއި ކުލި ކުޑަކުރައްވާފައެވެ. ބޮޑެތި ލޯނުތައް ނަގައިގެން ހަދާފައިވާ އެ ފުލެޓުތަކުގެ ކުލި އިރުއިރުކޮޅާ ބަދަލުކުރާތީ ގިނަ ބައެއްގެ ފާޑުކިޔުން ވަނީ ސަރުކާރަށް އަމާޒުވެފައެވެ.
އެކަން އެހެން އޮއްވައި މި ފަހުން ސަރުކާރުން ވަނީ ހިޔާ ފުލެޓުތަކުގެ ކުލި ނުދައްކައިގެން އަރާފައިވާ ޖޫރިމަނާތައް ވެސް އެއްކޮށް މައާފުކޮށްފައެވެ. މިއީ ގަވާއިދުން ކުލި ދެއްކި މީހުންނާ މެދުވި ނާއިންސާފެއް ކަމަށް ބުނެ ސަރުކާރަށް އަނެއްކާ ވެސް ފާޑުކިޔުން ވަނީ އަމާޒުވެފައެވެ.