އެމްޕީއެލްގެ ބަނދަރުތަކުގެ ސަލާމަތީ ކަންކަން ވެސް ހަވާލުކޮށް، އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑަށް ބަދަލެއް

ސަން

28 ޑިސެމްބަރު 2025 | އާދިއްތަ | 5:18

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، މިނިސްޓްރީ އޮފް ޑިފެންސްގެ ދަށުން ހިންގަމުންދާ އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑް (އެވްސްކޮމް)އަށް ބަދަލުތަކެއް ގެންނަވައި، މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)ގެ ދަށުގައި އޮތް ބަނދަރުތަކުގެ ސަލާމަތީ ކަންކަން އެ އިދާރާއާ މިއަދު ހަވާލުކުރައްވައިފިއެވެ.

ރައީސް އޮފީހުން މިއަދު އާންމުކުރި މައުލޫމާތުގައިވާ ގޮތުން، ރައީސް ވަނީ އެވްސްކޮމްގެ ނަން "އޭވިއޭޝަން އެންޑް ޕޯޓް ސެކިއުރިޓީ ކޮމާންޑް"ގެ ނަމަށް ބަދަލުކުރައްވައިފިއެވެ.

އެ ބަދަލު ގެންނެވީ ރާއްޖޭގެ ބައިނަލްއަގުވާމީ ކަނޑުގެ ބަނދަރުތަކާއި ޕޯޓް ފެސިލިޓީތަކުގެ ސަލާމަތްތެރިކަން ބެލެހެއްޓުމުގެ ހަރުދަނާ ނިޒާމެއް ގާއިމުކުރުމުގެ މަސައްކަތް، ސަރުކާރުގެ އިދާރާއަކުން ކުރާގޮތަށް ހަމަޖެއްސުމުގެ ބޭނުމުގައި ކަމަށް އެ އޮފީހުން ބުންޏެވެ.

މައުޟޫޢުތަށް