އައްސޭރި ޖަލުގެ ބައެއް ރިމާންޑް ޖަލެއްގެ ގޮތުގައި ކަނޑައަޅައިފި

ސަން

28 ޑިސެމްބަރު 2025 | އާދިއްތަ | 4:34

ކ. ހިންމަފުށީގައި ހުންނަ އައްސޭރި ޖަލުގެ ބައެއް, ހުކުމް ނުކުރާ މީހުން ބަންދުގައި ބައިތިއްބާ ރިމާންޑް ޖަލެއްގެ ގޮތުގައި ކަނޑައަޅައިފިއެވެ.

ހޯމް މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ބުނީ އައްސޭރި ޖަލުގެ ޔުނިޓު ދޭއްގެ ވިންގު އެކަކީ ރިމާންޑް ޖަލެއްގެ ގޮތުގައި މިދިޔަ ބުރާސްފަތި ދުވަހުން ފެށިގެން ހަމަޖައްސަވަން މިނިސްޓަރު އަލީ އިހްސާން ނިންމަވާފައިވާ ކަމަށެވެ.

އެ ޖަލުތައް ހިންގާނީ މޯލްޑިވްސް ކަރެކްޝަނަލް ސާވިސަސްގެ ބެލުމުގެ ދަށުން ކަމަށްވެސް ހޯމް މިނިސްޓްރީން ބުންޏެވެ.

މައުޟޫޢުތަށް