ޗޮކްލެޓް ސިރަޕް ފުޅިތަކުގައި ޑުރަގު އެތެރެކުރި މައްސަލައިގައި ދެ މީހުން ހައްޔަރުކޮށްފި

ސަން

28 ޑިސެމްބަރު 2025 | އާދިއްތަ | 6:50

މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ޗޮކްލެޓު ފުޅިތަކެއްގައި ކަނޑުމަގުން ހަޝިޝް އޮއިލް އެތެރެކުރި މައްސަލައިގައި ދެ މީހަކު ހައްޔަރުކޮށްފިއެވެ.

މި މައްސަލައިގައި ހައްޔަރުކުރީ، ހއ. ހޯރަފުށީ، ޢާފިޔާ، އަހުމަދު އަލީ (47އ)އާއި ގދ. ތިނަދޫ، ގޯލްޑަންހައުސް، މުޙައްމަދު އާދިލް (57އ)އެވެ.

ފުލުހުން ބުނީ، އޭގެތެރެއިން، އަޙްމަދު ޢަލީ ހައްޔަރުކުރީ މިދިޔަ ހުކުރު ދުވަހު ކަމަށާއި މުޙައްމަދު ޢާދިލް ހައްޔަރުކުރީ އިއްޔެ ކަމަށެވެ.

މައުޟޫޢުތަށް