އަހަރު ނިމޭއިރު، ސްޓޫޑެންޓް ލޯނަށް ޚަރަދުކުރި އަދަދު މިދިޔަ އަހަރަށްވުރެ 20 ޕަސެންޓް ދަށުގައި
ސަން
28 ޑިސެމްބަރު 2025 | އާދިއްތަ | 11:16
މަތީ ތައުލީމު ހާސިލުކުރާ ދަރިވަރުންނަށް ސަރުކާރުން ދޭ ސްޓޫޑެންޓު ލޯނަށް މި އަހަރު ކުރި ޚަރަދު މިދިޔަ އަހަރަށްވުރެ 20 ޕަސެންޓް ދަށްވެއްޖެއެވެ.
ސަރުކާރުން މި އަހަރު ސްޓޫޑެންޓް ލޯނަށް ޚަރަދުކުރަން ބަޖެޓުގައި ކަނޑައަޅާފައިވަނީ 768 މިލިއަން ރުފިޔާއެވެ.
ދައުލަތުގެ ޚަރަދާއި އާމްދަނީގެ ތަފުސީލު ހިމެނޭ ގޮތަށް ފިނޭންސް މިނިސްޓްރީން މިއަދު އާންމުކުރި 'ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓް' ރިޕޯޓުން ދައްކާ ގޮތުގައި، މި މަހުގެ 18 ވަނަ ދުވަހުގެ ނިޔަލަށް ސްޓޫޑެންޓް ލޯނަށް ޚަރަދުކޮށްފައިވަނީ 548.2 މިލިއަން ރުފިޔާއެވެ. އެއީ ބަޖެޓުކޮށްފައިވާ އަދަދުގެ 71.4 ޕަސެންޓެވެ.