މިދިޔަ މަހު 100އަށް ވުރެ ގިނަ ވަރި، ގިނައިން ހުރީ ވެސް ވަރީގެ މައްސަލަތައް

ސަން

29 ޑިސެމްބަރު 2025 | ހޯމަ | 9:13

މިދިޔަ ނޮވެމްބަރު މަހު 100އަށް ވުރެ ގިނަ މީހުންގެ ވަރި ކޮށްދިން އިރު، އެ މަހު އެންމެ ގިނައިން ނިންމީ ވަރިއާ ގުޅުންހުރި މައްސަލަތައް ކަމަށް، ފެމިލީ ކޯޓުގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

އިއްޔެ ފެމިލީ ކޯޓުން އާންމުކުރި ތަފާސްހިސާބުތަކުގައިވާ ގޮތުން މިދިޔަ ނޮވެމްބަރު ކޯޓުން 169 ކައިވެންޏެއް ކޮށްދިންއިރު، 108 ވަރި ކޮށްދީފައިވެއެވެ.

ފެމިލީ ކޯޓުން ވަނީ މިދިޔަ މަހު ވަރީގެ 153 މައްސަލައެއް ބަލައި ނިންމައިފައެވެ. އެއީ ވަރިވުމަށް އެދި ހުށަހެޅި 59 މައްސަލައަކާއި ވަރިކުރުމަށް އެދި ހުށަހެޅި 37 މައްސަލައަކާއި ވަރި ސާބިތުކޮށްދިނުމަށް ހުށަހެޅި 55 މައްސަލައެއްގެ އިތުރުން ވަރިއާމެދު ޝައްކުވެގެން ހުށަހެޅި ދެ މައްސަލައެކެވެ.

މައުޟޫޢުތަށް