އާ އަހަރާ ދިމާކޮށް، ވައި ނުސާފުވުމާއި މޫސުންވެސް ރަނގަޅުވާނެ: މެޓް
ސަން
29 ޑިސެމްބަރު 2025 | ހޯމަ | 10:24
އަންނަ އަހަރު ފެށޭއިރު ވައި ސާފުވާނެ ކަމަށާއި، ޖުމުލަ ގޮތެއްގައި ރާއްޖޭގެ ހުރިހާ ހިސާބަކަށް މޫސުން ވެސް ރަނގަޅުވާނެ ކަމަށް، މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް)އިން ލަފާކޮށްފިއެވެ.
ކުރިއަށް އޮތް ހަތް ދުވަހުގެ މޫސުން ލަފާކޮށް މެޓުން 'ސަން'އަށް މިއަދު ބުނީ، މެދުރާއްޖެތެރެއަށް މާދަމާއާއި ބުދަ ދުވަހު ކެރީގެ އަސަރު ފޯރާނެ ކަމަށާއި، ބުރާސްފަތި ދުވަހުން އަންނަ އާދީއްތަ ދުވަހުގެ ނިޔަލަށް މޫސުން ރަނގަޅުވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.
ދެކުނުގެ ރަށްރަށަށް މާދަމާއާއި ބުދަ ދުވަހު ވިއްސާރަކުރި ނަމަވެސް، ބުރާސްފައްޗާއި ހުކުރު ދުވަހު ކެރީގެ އަސަރު ފޯރާނެ ކަމަށް މެޓުން ލަފާކުރެއެވެ. އެ އިދާރާއިން ލަފާކުރިގޮތުގައި ހޮނިހިރު ދުވަހުން ހޯމަ ދުވަހަށް ދެކުނުގެ މޫސުން ރަނގަޅުވާނެއެވެ.