މައްސަލަ ދިމާވި މައްޗަންގޮޅި އުތުރު ފިޔަވައި، ޕީއެންސީ ޕްރައިމަރީގެ ވަގުތީ ނަތީޖާ އާންމުކޮށްފި

ސަން

29 ޑިސެމްބަރު 2025 | ހޯމަ | 11:22

އަންނަ ލޯކަލް ކައުންސިލް އިންތިޚާބުގައި ވެރިކަންކުރާ ޕީއެންސީގެ ޓިކެޓުގައި ވާދަކުރާނެ ކެންޑިޑޭޓުން ހޮވުމަށް ހޮނިހިރު ދުވަހު ބޭއްވި ޕްރައިމަރީގައި ވަގު ވޯޓު އަޅާފައިވާ ކަމަށް ބުނެ ގުނުން ހުއްޓުވި މައްޗަންގޯޅި އުތުރު ދާއިރާގެ ޕްރައިމަރީ ފިޔަވައި، ބާކީ ދާއިރާތަކުގެ ވަގުތީ ނަތީޖާ އެ ޕާޓީން އިއްޔެ އާންމުކޮށްފިއެވެ.

ވަގުތީ ނަތީޖާ ދައްކާ ގޮތުން ޕީއެންސީގެ ޕްރައިމަރީގައި ޖުމްލަ 39،798 ވޯޓު ލާފައިވާ ކަމަށް ދައްކައެވެ. އަދި 1،758 ވޯޓަކީ ބާތިލު ވޯޓުކަމަށް ވެސް، އެ ޕާޓީން އާންމުކުރި ނަތީޖާގައިވެއެވެ.

ވަގުތީ ނަތީޖާއިން ދައްކާ ގޮތުގައި، މި ދައުރުގައި ކައުންސިލަރުކަން ކުރަމުން އަންނަ ބައެއް ފަރާތްތަކަށް ދެން އަންނަ އިންތިޚާބުގައި ވާދަކުރުމުގެ ފުރުސަތު ގެއްލިފައިވެއެވެ. އޭގެ ތެރޭގައި ހއ. އަތޮޅުގެ ބާރަށު ކައުންސިލަރު ޢަލީ ޝަމީމާއި ފިއްލަދޫ ކައުންސިލަރު މުޙައްމަދު މޫސާއާއި މާލޭގެ މައްޗަންގޮޅި ދެކުނު ދާއިރާގެ މިހާރުގެ ކައުންސިލަރު ޢާއިޝަތު ނާޒިމާ ވެސް ހިމެނެއެވެ.

މައުޟޫޢުތަށް