ޗައިނާއަކީ ރާއްޖެއަށް ދަރަނީގެ ބުރަ ޖެއްސި ސަބަބެއްނޫން، ލުއިކޮށްދޭން އެހީވެދޭނެ: ސަފީރު

ސަން

29 ޑިސެމްބަރު 2025 | ހޯމަ | 11:23

ޗައިނާއަކީ ރާއްޖެއަށް ދިމާވެފައިވާ ދަރަނީގެ ބުރައިގެ ސަބަބު ނޫން ކަމަށާއި، މަޝްރޫއުތަކުން ނެރެވޭ އާމްދަނީއަކީ ދަރަނިތައް ދައްކަން އެކަށީގެންވާ މިންވަރުގެ ފައިސާކަމަށް, ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ކޮންގް ޒިއަންހުއާ ވިދާޅުވެއްޖެއެވެ.

"ސަން"ގެ ޑިޕްލޮމެޓިކް ފޯކަސް ޕްރޮގްރާމްގައި ރާއްޖޭގެ ދަރަނީގެ ހާލަތާ ގުޅޭ ގޮތުން ވާހަކަދައްކަވަމުން ސަފީރު ވިދާޅުވީ، ރާއްޖެއާއި، ޗައިނާއާ ދެމެދު މާލީ ގޮތުން އޮތް ގުޅުމަކީ ދެމެހެއްޓެނިވި ގުޅުމެއް ކަމަށެވެ. ފާއިތުވި އަހަރުތަކުގައި ސިނަމާލެ ބްރިޖު ފަދަ މަޝްރޫއުތައް ޗައިނާގެ ބެލްޓް އެންޑް ރޯޑް އިނީޝިއޭޓިވްގެ ދަށުން ނިމިފައިވާ ކަމަށާއި، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ތަރައްގީގެ މަސައްކަތާއި، އެތައް ހާސް ހައުސިން ޔުނިޓުގެ މަސައްކަތް ވެސް ޗައިނާގެ އެހީގައި ނިމިފައިވާ ކަމަށް ސަފީރު ފާހަގަކުރެއްވިއެވެ.

ސަފީރު ވިދާޅުވީ ޗައިނާގެ އެހީގައި ހިންގައިފައިވާ އެ މަޝްރޫއުތަކުގެ ތެރެއިން އުފައްދާ ފައިސާއަކީ، އެ މަޝްރޫއުތަކަށް ސަރުކާރުން ނެގި ލޯނުތައް އަނބުރާ ދެއްކޭނެ މިންވަރެއް ކަމަށެވެ.

މައުޟޫޢުތަށް