ސަރުކާރުން މިއަހަރު މުސާރަ ދޭން އިތުރަށް 464.3 މިލިއަން ޚަރަދުކޮށްފި

ސަން

29 ޑިސެމްބަރު 2025 | ހޯމަ | 12:12

ސަރުކާރުން މުސާރަ ދިނުމަށް އެކަނި މިމަހުގެ 18 ވަނަ ދުވަހުގެ ނިޔަލަށް މިއަހަރު ކުރި ހޭދަ މިދިޔަ އަހަރަށް ވުރެން 464.3 މިލިއަން ރުފިޔާ އިތުރު ވެފައިވާ ކަމަށް ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

ފިނޭންސް މިނިސްޓްރީން އާއްމު ކުރި ތަފާސްހިސާބުތައް ދައްކާގޮތުން މި މަހުގެ 18 ވަނަ ދުވަހުގެ ނިޔަލަށް ސަރުކާރުން ވަނީ މުސާރައަށް އެކަނި މިއަހަރު ހަ ބިލިއަން ރުފިޔާ ހޭދަ ކޮށްފައެވެ. މިދިޔަ އަހަރުގެ އެ މުއްދަތުގައި ޚަރަދު ކޮށްފައިވަނީ 5.6 ބިލިއަން ރުފިޔާއެވެ.

އެހެންކަމުން މި އަހަރުގެ އެ މުއްދަތުގައި އެ ވަނީ މިދިޔަ އަހަރަށް ވުރެން އިތުރަށް މުސާރައަށް 464.3 މިލިއަން ރުފިޔާ ޚަރަދު ކޮށްފައެވެ. އެއީ 8.29 ޕަސެންޓްގެ އިތުރުވުމެކެވެ.

މައުޟޫޢުތަށް