ފުލެޓަށް އެދޭ ފަރާތްތައް ޝަރުތުހަމަވާ ކޮޓަރީގެ އަދަދު ކަނޑައަޅާނީ ހައުސިން މިނިސްޓްރީން

ސަން

29 ޑިސެމްބަރު 2025 | ހޯމަ | 12:29

ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން އިއުލާނުކުރި "އެންމެންނަށް ބޯހިޔާވަހިކަން" ސިޔާސަތުގެ ދަށުން، ފުލެޓަށް ކުރިމަތިލާ ފަރާތުން ޝަރުތު ހަމަވަނީ ކިތައް ކޮޓަރިއަށްކަން ކަނޑައަޅާނީ ހައުސިން މިނިސްޓްރީން ކަމަށް، ފުލެޓު ދޫކުރާ އުސޫލުގައި ބަޔާންކޮށްފިއެވެ.

ހައުސިން މިނިސްޓްރީން ރޭ ދަންވަރު އާންމުކުރި އުސޫލުގައިވާ ގޮތުން، ފުލެޓަށް އެދި ފޯމު ހުށަހަޅާ ފަރާތުން ބޭނުންވަނީ ދެ ކޮޓަރީގެ ފުލެޓެއްތޯ، ނުވަތަ ތިން ކޮޓަރީގެ ފުލެޓެއްތޯ އިޚްތިޔާރުކުރެވޭނެއެވެ. އެކަމަކު ދިރިއުޅުމުގެ ހާލަތަށް ބަލައި، ޝަރުތު ހަމަވަނީ ކިތައް ކޮޓަރީގެ ފުލެޓަކަކަށްކަން ކަނޑައަޅާނީ މިނިސްޓްރީން ކަމަށް، އުސޫލުގައި ވެއެވެ.

މިނިސްޓްރީން އާންމުކުރި އުސޫލުގައިވާ ގޮތުން މާލޭގައި ދިރިއުޅޭ މީހުންނަށް ޕޮއިންޓު ގިނަވާނެއެވެ.

މައުޟޫޢުތަށް