9903 ފަތުރުވެރިންނާއެކު، މި އަަހަރު އެއް ދުވަހެއްގައި އެންމެ ގިނަ ފަތުރުވެރިން ރާއްޖެ އައީ އިއްޔެ
ސަން
29 ޑިސެމްބަރު 2025 | ހޯމަ | 12:50
އިއްޔެ އަކީ އެއް ދުވަހެއްގައި އެންމެ ގިނަ ފަތުރުވެރިން މި އަހަރު ރާއްޖެ އައި ދުވަސް ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެފިއެވެ.
އެ މިނިސްޓްރީން މިއަދު އާންމުކުރި ތަފާސްހިސާބުތައް ދައްކާ ގޮތުން އިއްޔެ ވަނީ ޖުމްލަ 9،903 ފަތުރުވެރިން ރާއްޖެ އައިސްފައެވެ. މި އަދަދާ ގާތްކުރާ މިންވަރަކަށް ދެން އެންމެ ގިނަ ފަތުރުވެރިން ރާއްޖެ އައީ މިދިޔަ ހަފުތާގެ އާދިއްތަ ދުވަހެވެ. އެ ދުވަހު 9،613 ފަތުރުވެރިން އައެވެ. އަދި އެއާ ގާތްކުރާ އަދަދަކަށް، މިދިޔަ ހޮނިހިރު ދުވަހު އެ ދުވަހު 9،584 ފަތުރުވެރިން ރާއްޖެ އައެެވެ.
ތަފާސް ހިސާބުތައް ދައްކާ ގޮތުން މި މަހު، އިއްޔެ ނިޔަލަށް 201،637 ފަތުރުވެރިން ވަނީ ރާއްޖެ ޒިޔާރާތްކޮށްފައެވެ. ޖުމްލަ 2،223،698 ފަތުރުވެރިން ރާއްޖެ ވަނީ ޒިޔާރާތްކޮށްފައެވެ.މި އަހަރު އެންމެ ގިނަ ފަތުރުވެރިން ރާއްޖެ ޒިޔާރާތްކުރީ ޕީކް ސީޒަންގެ ތެރެއަށް އަންނަ ޖެނުއަރީ މަހެވެ. އެ މަހު 214،863 ފަތުރުވެރިން ރާއްޖެ އައެވެ.