މި ސަރުކާރުން ވެރިކަމަށް އައިފަހުން ހިޔާތަކުގައި ތިބި 110 ކުދިން އާއިލާތަކާ ހަވާލުކޮށްފި

ސަން

29 ޑިސެމްބަރު 2025 | ހޯމަ | 2:54

މި ސަރުކާރުން ވެރިކަމަށް އައިފަހުން ދައުލަތުގެ ބެލުމުގެ ދަށުގައި ތިބި 110 ކުދިން އާއިލާތަކާ ހަވާލުކޮށްފި ކަމަށް އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވަޒީރު, ޑރ ޢާއިޝަތު ޝިހާމް މިއަދު ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މިގޮތަށް ވިދާޅުވީ މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސޯޝަލް މިނިސްޓްރީން މިހާތަނަށް ކޮށްފައިވާ މަސައްކަތްތައް ހިއްސާކުރައްވަމުންނެވެ.

މިނިސްޓަރު ވިދާޅުވީ އަމިއްލައަށް އެދިގެން ދައުލަތުގެ ބެލުމުގެ ދަށުގައިވާ ކުދިން ފޮސްޓާ ކުރާ އާއިލާތައް އެއް ދުވަހުން އަނެއް ދުވަހަށް އިތުރުވެފައިވާ ކަމަށެވެ. މިނިސްޓްރީން މި އާއިލާތައް މޮނީޓާކުރާކަން މިނިސްޓަރު ވަނީ ފާހަގަކުރައްވާފައެވެ. އަދި އެ އާއިލާތަކުން ކުދިންނާ ދޭތެރޭ އާދަޔާޚިލާފަށް ހެޔޮކޮށް ކަމޭހިތާކަން ފާހަގަވިކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މައުޟޫޢުތަށް